އެމީހުން ދިރިތިބެނީ ހަމައެކަނި ދައުލަތަށް ހިދުމަތްކުރަން
އެމީހުންގެ ދިރުން ވުޖޫދަށް އައިސްފާވަނީ ކޮންޓްރޯލެއްގެ ތެރޭގައި ޖިންސީގުޅުން ހިންގާ ގަނޑުވަރުތަކުގައި.
އެމީހުން މަރުވީ ބޭކާރުކަމުގެ ގޭގައި.
އުނގުން ފެށިގެން ކަށްވަޅަށްމެ، އެބައިގަނޑަކީ އެއްކައްޗެއް – ދަ ގަދަ އަހަރެމެން.*************
އައިން ރޭންޑް – ‘އެންތަމް’ ގެ ތައާރަފް
*************
މިފޮތުމުގެ ތެރެއިން އިތުރު އުސްއަލިތައް:
އަހަރެމެން އުފަންވީ ފަންޑިތައަކާއެކު.
އޭގެ ސަބަބުން އަހަރެމެންގެ ހިޔާލުތައް އަބަދުވެސް ދައުރުކުރަނީ މަނާކުރެވިފައިވާ ސަރަހައްދުތަކާ ދިމާލަށް.
އޭގެން އަބަދުވެސް އަހަރެމެންނަށް ދެނީ މީހުން ބޭނުންވެގެން ނުވާނެ ކަހަލަ އެދުންތައް.
އަހަރެމެންނަށް އެނގޭ އަހަރެމެން ނުލަފާކަން، އެކަމަކު އެކަމާ އިދިކޮޅުހެދުމުގެ ބާރެއް އަހަރެމެންގެ ގަޔަކު ނުވޭ.
މިއީ އަހަރެމެންނަށް އެނގިފައިވާ، އަހަރެމެން އިދިކޮޅު ނަހަދާން ދަސްވެފައިވާ އަހަރެމެންގެ އަޖާއިބާއި އަހަރެމެންގެ ސިއްރުވެފައިވާ ބިރު.
އަހަރެމެން ކަނޑަނޭޅި މަސައްކަތް ކުރަނީ އަހަރެމެންގެ އަހުންނާ އެއްގޮތްވާން. އެހެނީ، ފަހެ ހުރިހާ މީހުންނަކީ ހަމަ އެއްފަދަ މީހުން.
އަހަރެމެންގެ އެދުންތައް އެދިގަންނަ ކޮންމެ ފަހަރަކުމެ އަހަރެމެން ކިޔާލަނީ ދުނިޔޭގެ ކައުންސިލްގެ ތަޅަންމަތިތަކުގައިވާ ސަންގުމަރުމަރު ހިލަތަކުގައި ކަނޑާ ނެގިފައިވާ މި މާތް ބަސްކޮޅު:“އަހަރެމެންނަކީ އެންމެންގެ ތެރެއިން އެކެއް އަދި އެކެއްގެ ތެރެއިން އެންމެން.
މީހާއެއް ނުވޭ، ވަނީ ހަމައެކަނި ދަ ގަދަ އަހަރެމެން.
އެކައްޗެއް – ބައިބައިނުކުރެވޭ – އަބަދުގެ އަބަދަށް ދާންދެން.”އަހަރެމެން އިރުއިރުކޮޅާ މިހެން ކިޔަމު…
އެކަމަކު
މިކަމުން އަހަރެމެންނަށް ލުޔެއް ނުލިބޭ..
(ނޯޓ؛ މިއީ ސީދާ ބަހުންބަހަށް ކުރި ތަރުޖަމާއެއްނޫން)
via anonymous (via ksbmi)