ހަވީރު އޮންލައިން: ސަބްމެރީން ކޭބަލުން ރާއްޖެ ގުޅާލަން ދިރާގުން 21 މިލިއަން ޑޮލަރުގެ މަޝްރޫއެއް
ރާއްޖޭގެ 59 ޕަސެންޓް އާބާދީ އަށް ހައި-ސްޕީޑް އިންޓަނެޓް ދިނުމަށް ފަސް އަހަރު ތެރޭ 07 މިލިއަން ޑޮލަރު ދިރާގުން ހަރަދުކުރާނެ
51 މިނުތެސ އގޮ | 2 ޗޮމމެނތސ 2011 ްޗާމ 15އަހުމަދު ސައީދު
ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ފައިބަ އޮޕްޓިކް ސަބްމެރީން ކޭބަލުން ގުޅާލުމުގެ ޕްރޮޖެކެޓް ދިރާގުން އެންއީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި، އެންއީސީގެ އެގްޒެކެޓިވް މާކެޓިން މެނޭޖަރު ކޯޖީ ތަކަހާޝީ )ކ( އާއި ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު މިއަދު ސޮއިކުރައްވަނީ â ހަވީރު ފޮޓޯ ނަސްރުﷲ ސޯލިހު
މުޅި ރާއްޖޭގައި އެންމެ ޒަމާނީ މުއާސަލާތުގެ މައިބަދަ ގާއިމުކުރުމަށްޓަކައި، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ފައިބަ އޮޕްޓިކް ސަބްމެރީން ކޭބަލުން ގުޅާލުމުގެ ބިޔަ މަޝްރޫއު 7.12 މިލިއަން ޑޮލަރަށް (8.872 މިލިއަން ރުފިޔާ) އަށް ދިރާގުން ޖަޕާނުގެ އެންއީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ރާއްޖޭގެ މުޅި އާބާދީ އަށް ބްރޯޑް ބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމަށްޓައި ކަނޑު އަޑިން އަޅާ 710،1 ކިލޯމީޓަރުގެ âހައިވޭâގެ މަސައްކަތް ދިރާގުން އެންއީސީއާ ހަވާލުކުރުމުގެ އެއްބަސްވުން ގާއިމްކުރަން ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް (ސީއީ) އިސްމާއިލް ރަޝީދެވެ. އެންއީސީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް މާކެޓިން މެނޭޖަރު ކޯޖީ ތަކަހާޝީ އެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ ހުކުރު ދުވަހު ޖަޕާނަށް ކުރިމަތިވި ގައުމީ ހިތަމައިގައި ބައިވެރިވުމުގެ ގޮތުން އެއް މިނިޓުގެ ސުކޫތެއް ގެނެސްފަ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު އިސްމާއިލް ވިދާޅުވީ މިވަގުތު ދިރާގުގެ ކަސްޓަމަރުންގެ އެންމެ ބޮޑު އެދުމަކީ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ރަނގަޅު ފެންވަރަކަށް ލިބުން ކަމަށާއި މިއަދު މިހަވާލު ކުރެވުނު މަސައްކަތަކީ މުވާސަލާތީ ތާރީހުގައި ފާހަގަކުރެވޭނެ ޕްރޮޖެކްޓެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަބްމެރީން ކޭބަލް އެޅުމުގެ މަސައްކަތް ހިމެނޭ ގޮތަށް، ރާއްޖޭގެ އާބާދީގެ 59 ޕަސެންޓަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ހައި-ސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ފަށާ 07 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކީ ރާއްޖޭގެ ތަރައްގީ އަށް އެތައް ގޮތަކުން ކުރިއެރުން އައިސް މީހުންގެ ދިރިއުޅުމަށް ވަރަށް އެދެވޭ ބަދަލު ގެނެސްދޭނެ ކަމެކެވެ.
âމިފަދަ ނެޓްވޯކެއް ގާއިމުކުރުމުން ރާއްޖޭގެ މުއާސަލާތަށް، ރާއްޖޭގެ ތަރައްގީ އަށް، މީހުންގެ ދިރިއުޅުމަށް ވަރަށް އެދެވޭ ބަދަލުތަކެއް އަންނާނެ،â އިސްމާއިލް ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ކުރިން، ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ދިރާގުގެ ސަބްމެރީން ކޭބަލް ގާއިމުކޮށްދިން އެންއީސީ ކުންފުނިން ބުނީ އެފަދަ ދެވަނަ ޕްރޮޖެކްޓެއްގައި ސޮއިކުރެވެމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށެވެ. ލަންކާ އާއި ރާއްޖެއާ ދެމެދު ދިރާގުން އެންއީސީއާ ހަވާލުކޮށްގެން 6002 ވަނަ އަހަރު އެޅީ 738 ކިލޯމީޓަރުގެ ފައިބަ އޮޕްޓިކް ކޭބަލެކެވެ.
އެންއީސީގެ ތަކަހާޝީ ވިދާޅުވީ ރާއްޖޭގެ ދެކުނުގައި ބުރާސްފަތި ދުވަހު އެމީހުން މަސައްކަތް ފަށާނެ ކަމަށާއި ކަނޑައަޅާފައިވާ 51 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ.
âމިއީ އަހަރެމެން ކުރިން ވެސް ކުރި ކަމެއް. މިފަހަރު ވެސް ގެންނާނީ ހަމަ އެޓީމު. އެމީހުންނަށް މިކަން ކުރަން އުނދަގުލެއް ނުވާނެ،â ހަވީރުން ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވި އެވެ.
ތަކަހާޝީ ވިދާޅުވީ އެންމެ ފުރަތަމަ ކުރިއަށް ދާނީ ރާއްޖޭގެ ދެކުނުން އުތުރަށް ކުރަން ޖެހޭ ސާވޭގެ މަސައްކަތް ކަމަށެވެ. އަދި އެންމެ ފުރަތަމަ ކޭބަލް އެޅުމުގެ މަސައްކަތް ފަށާނެ ސަރަހައްދެއް ކަނޑައެޅޭނީ ސާވޭ ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގުން ބުނީ ބީލަމަށް ހުޅުވާލައިގެން މިކަމަށް އެންމެ އެކަށީގެންވާ ކުންފުންޏެއްގެ ގޮތުގައި އެންއީސީ ހޮވުނީ ފުރަތަމަ މަރުހަލާގައި އަށް ކުންފުންޏަކާއި އަދި ދެވަނަ މަރުހަލާގައި ތިން ކުންފުންޏަކާ ވާދަކޮށްގެން ކަމަށެވެ. އެ ކުންފުންޏަށް ދިރާގުން ހަވާލުކުރި މަސައްކަތުގެ ތެރޭގައި ހިމެނެނީ ބޭނުންވާ ހުރިހާ ސާވޭތައް ކުރުމާއި ސަބްމެރީން ކޭބަލް އުފައްދައި ކަނޑު އަޑިން ގުޅާލުމާއި ރާއްޖޭގެ އަށް ސަރަހައްދަކަށް ކޭބަލް ގުޅަން ބޭނުންވާ ސާމާނު ހޯދައި ގުޅައިދިނުމާއި ފުރިހަމަ ނެޓްވޯކެއް ގާއިމު ކޮށްދިނުމެވެ.
މި ނެޓްވޯލް އެޅުމަށް ހަމަޖައްސާފައި ވަނީ ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ކ. ހުޅުމާލެ، އދ. ދަނގެތި، ލ. ގަން، ގދ. ގައްދޫ، ސ. ހިތަދޫ އަދި ފުވައްމުލަކު ހިމެނޭ ގޮތަށެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ދިރާގުން މިހާރު ވެސް ވަނީ ސަބްމެރީން ކޭބަލް އިން ގުޅާލައިފަ އެވެ. އަދި ގދ. އާއި ލ. އަތޮޅާ ދެމެދު ވެސް ކޭބަލް އިން ގުޅާލާފައިވެ އެވެ.
ދިރާގުން ބުނި ގޮތުގައި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރީން ކޭބަލް އެޅުމާ އެކު، ވަކިވަކި ރަށްރަށް ގުޅާލުމަށް މިހާރު ބޭނުންކުރާ މައިކްރޮވޭވް ނެޓްވޯކް، ތްރީ ޖީ އަދި ވަލަޔަލެސް ބްރޯޑް ބޭންޑް ހިދުމަތް އިތުރަށް ފުޅާކުރުމާއި އިންޓަނެޓް ނެޓްވޯކް ތަރައްގީ ކުރުމުގެ މަސައްކަތް، ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުރެވޭނެ އެވެ.
ދިރާގުން ބުނީ ޒަމާނީ މުއާސަލާތުގެ ހިދުމަތް ގާއިމުކުރުމަށް މުޅި ރާއްޖޭގައި ހިންގާ މި ބޮޑު ޕްރޮޖެކްޓް ނިމުމުން ޓެލެމެޑިސިން، އީ ހެލްތު، އީގަވަމަންޓް އަދި އެނޫން އެފަދަ އެތައް ހިދުމަތްތަކާއި ތައުލީމުގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުތައް ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ހުޅުވި، މުޅި ރާއްޖެ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
..ްށަމުވްއެރުކުޅާފުލާޔިހ ްށަމުޔިލިމ
ްއަތްނުޔިލޭޅުގ ިއާމުޔިލިމ
ދިރާގުގެ ޕޯސްޓް ޕެއިޑް ބައެއް ކަސްޓަމަރުންނަށް ގުޅުމުގެ މައްސަލަތަކެއް ދިމާވެއްޖެ 5-30-1102 ބްރޯޑްބޭންޑް އޭޑީއެސްއެލް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި 3-30-1102
ްޓްނެމޮކ 2 | ްއަތުލާޔިޚ ާވިއަފްށޮކުޅާފ ްނިރެތްނުޔިކ
މީގެ ކުރިން ލ. އަތޮޅު ގަމާއި މާލެ ސަބުމެރިން ކޭބަލް އަޅައިގެން ލ.ގަމުގައި އުޅޭ ރައްޔިތުންނަށްވީ ފައިދާއެއް ނެތް؟ ލ.ގަމުގައި ގޭގެއަށް ނެޓް އަޅައިދިނުމުގައި އެހާ އަގުބޮޑު!( 16:12 2011-03-15 | 20 މިނުތެސ އގޮ ) ަިޒާހިރު، ލ.ގަންމިފަދަ ދުވަހެއް ދެކެން ކެތްމަދުވެފަ މިހުރީ، މިކަމަކީ ރާއްޖޭގެ ތަރައްޤީއަށް ކޮށާދެވޭ ވަރަށް ބޮޑު މަގެއް. ހުރިހާ ރޮނގަކުންވެސް، ޚާއްސަކޮށް ތަޢުލީމު⦠ދިރާގުގެ ތިޔަ ބޮޑު ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ކުރިޔަށްދާނެ ކަމަށް އުންމީދުކުރަން.( 16:12 2011-03-15 | 20 މިނުތެސ އގޮ ) ގަދަ، ރާއްޖެ